Thursday, April 1, 2010

ތަސްވީރުގެ ދޭހަ

މިއީވެސް ކިޔުމުގެ ދޭހައިގެ މަސައްކަތެކެވެ. ގްރޭޑް 4، 5 ގެ ދަރިވަރުންނަށް ކުރެވިދާނެ ރަގަޅު މަސައްކަތެއްކަމުގައި ދެކެމެވެ. މި މަސައްކަތުގައި ދފައިވާ ތަސްވީރުތަކަކީ ވަރަށް ދަށް ގްރޭޑްތަކުގެ ކުދިން ބޭނުންކުރާ ތަސްވީރުތަކެކެވެ. އެހެންކަމުން މިއީ ވަރަށް ފަސޭހަ މަސައްކަތެއްކަމަށް ހީކޮށް މާބޮޑު ވިސްނުމެއްނެތި ކުދިން ޖަވާބު ދިނުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މި މަސައްކަތް ކުރާއިރު ޖުމުލައިގައި ބުނާއެއްޗެއް ވަރަށް ރަގަޅަށް ދޭހަކޮށްގެން މަސައްކަތް ކުރުމަށް ދަރިވަރުންނަށް އިރުޝާދު ދޭންވާނެއެވެ. ފަހަރެއްގައި ދަރިވަރުން ހީކުރާކަހަލަ ފަސޭހަ މަސައްކަތަކަށް ނުވެދާނެއެވެ. ޚާއްޞަކޮށް ކިޔުމުގެ ދޭހައިގެ ހުނަރަށް ދަށް ނަމަ މަސައްކަތް އުނދަގޫ ވާނެއެވެ

ތަސްވީރުގެ ދޭހައިގެ މަސައްކަތު ކަރުދާސް

ކިޔުމުގެ ދޭހައިގެ - އަރަތެއް

މިއީ ގްރޭޑް 4، 5 ގެ ދަރިވަރުންނަށް ކިޔުމަށް ޝައުޤުވެރިކަން އުފެއްދުމަށް ދެވިދާނެ ދޭހައިގެ މަސައްކަތެކެވެ. މި މަސައްކަތް ދަރިވަރުން ކޮށް ނިމެންދެން މުދައްރިސް އެއްވެސްވަރަކަށް ކިޔައިދީގެން ނުވާނެއެވެ. ލިޔުމުގައި ދީފައިވާ އިރުޝާދާ އެއްގޮތަށް މަސައްކަތް ކުރާނީ ދަރިވަރުން އަމިއްލައަށް ކިޔައިގެންނެވެ

މަސައްކަތު ކަރުދާސް - ދޭހައިގެ އަރަތް

ކިޔުމުގެ ދޭހަ - ކާރާއި ތިރީސް

މިއީ ކިޔުމުގެ ދޭހައިގެ މަސައްކަތެކެވެ. މި ދޭހައިގައި ދެވިފައިވާ ސުވާލުތަކަކީ، އުނގެނުމުގެ ފެންވަރުން ބަލާއިރު ތަންކޮޅެއް ދަށް ސުވާލުތަކެކެވެ. ސުވާލުގެ ފެންވަރު ދަށްކުރެވިފައިވަނީ ކިޔުމުގެ ދޭހައަށް އެހާ ބޮޑަށް ހޭނިފައިނެތް ކުދިބަޔަކަށް ގެންދިޔުމުގެ މަޤުޞަދުގައެވެ. ނަމަވެސް ދޭހައަށް ދީފައިވާ ލިޔުން ބޭނުންކޮށްގެން އިތުރު ސުވާލުތަކެއް އުފެއްދިދާނެ އެވެ. މި މަސައްކަތަކީވެސް ބޭނުން ހިފިދާނެ އެހީއެއްކަމުގައި ދެކޭތީ ޝާއިޢު ކުރީއެވެ

ކިޔުމުގެ ދޭހަ - ކާރާއި ތިރީސް

Monday, August 17, 2009

ތުނޑުހަސަނާ ޖެހުނު މީދާ

މިއީ "ތުނޑުހަސަނާ ޖެހުނު މީދާ" މި މައިގަނޑުނަމަށް ހަދާފައިވާ ޅެމެއް ބޭނުންކޮށްގެން އުފައްދާފައިވާ އުނގެނުމުގެ ޙަރަކާތްތަކެކެވެ. މިލިޔުން ބެއްލެވުމަށްފަހު އެފަދަ އިތުރު ޚިޔާލުތަކާއެކު އުނގެނުމުގެ އާ ޙަރަކާތްތަކެއް އުފެއްދުމުގެ ބޭނުމުގައި ހުށަހަޅާ ލިޔުމެކެވެ

މަސައްކަތު ކަރުދާސް

Tuesday, August 11, 2009

ކިޔުމުގެ ދޭހަ

މިއީ ކިޔުމުގެ ދޭހައިގެ މަސައްކަތެކެވެ. މި މަސައްކަތް ތައްޔާރުކޮށްފައިވަނީ "ސިޓީގެ ނަކަލު" މިވާހަކައިގެ މައްޗަށެވެ. މިއީ އަމިއްލަ ސިޓީތައް ކިޔަވައިދިނުމުގައިވެސް ބޭނުންކުރެވިދާނެ ލިޔުމެކެވެ. މި ދޭހައިގެ މަސައްކަތާ ގުޅިގެން އަމިއްލަ ސިޓީތައް ލިޔުމުގެ މަސައްކަތްތަކެއް ކުރުވިދާނެއެވެ

ކިޔުމުގެ ދޭހައިގެ މަސައްކަތު ކަރުދާސް

ބުރަފަތިލަފުޒުން ބަސްހޯދުން

މިއީ ދަށް ގްރޭޑްތަކުގެ ދަރިވަރުންނަށް ގެންދެވިދާނެ މަސައްކަތެކެވެ. މި މަސައްކަތުގައި ދަރިވަރުން ކުރަންޖެހޭ ކަމަކީ، ދީފައިވާ ބަސްތަކެއް ބުރަފަތިލަފުޒު ނުވަތަ އޮޅުވާލެވިފައިވާ އަކުރުތަކެއްގެ ތެރެއިން ހޯދުމެވެ. މީގެ އިތުރަށް މި މަސައްކަތު ކަރުދާސް ބޭނުންކޮށްގެން ވަރަށް ގިނަ އިތުރު މަސައްކަތްތައް ރޭވިދނެއެވެ. މިސާލަކަށް ދަރިވަރުން ހޯދި ބަސްތަކުގެ މާނަ ރަދީފުން ހޯދުމާއި، އެއިން ކޮންމެ ބަހަކަށް ޖުމުލަ ހެދުމާއި، އެބަސްތަކާ ގުޅުންހުރި ނުވަތަ އެ އާއިލާގެ އިތުރު ބަސްތައް ހޯދުންފަދަ މަސައްކަތްތަކެއް ކުރުވިދާނެއެވެ

މަސައްކަތު ކަރުދާސް

Sunday, August 9, 2009

އަދަބީ ފާޑުކިޔުން

އަދަބީގޮތުން ލިޔުންތަކަށް ފާޑުކިޔުމަކީ ސާނަވީ މަރުޙަލާގައި ވަރަށް ގިނައިން ކުރަންޖެހޭ މަސައްކަތެކެވެ. މިފަހަރު މި ހުށަހަޅަނީ އެފަދަ މަސައްކަތެކެވެ. މި މަސައްކަތާގުޅޭ ގޮތުން މުދައްރިސުންނަށް ކޮންމެހެން ބޭނުންވާނެ އިރުޝާދުކޮޅެއްވެސް ހިމަނާފައި ވާނެއެވެ

އަދަބީ ފާޑުކިޔުމުގެ މަސައްކަތު ކަރުދާސް