Thursday, July 23, 2009

ކިޔުމުގެ ދޭހައެއް - ތަރުބިއްޔަތުގެ ނަތީޖާ

މި ހުށަހަޅައިދެނީ "ތަރުބިއްޔަތުގެ ނަތީޖާ" މި ޅެމާއި، އެއާ ގުޅޭ ކިޔުމުގެ ދޭހައިގެ މަސައްކަތެކެވެ. މި މަސައްކަތް އަމިއްލައަށް ވަގުތުކޮޅެއް ހޯދައިގެން ފުރިހަމަ ކުރާށެވެ!

ކިޔުމުގެ ދޭހައެއް - ތަރުބިއްޔަތުގެ ނަތީޖާ

Wednesday, July 22, 2009

ބަނޑޭރި ހަސަންމަނިކުފާނު

އަދީބުންގެ މަޢުލީމާތު ހޯދާ އުނގެނި ދަސްކުރާކުދިންނަށް މިހުށަހަޅާލަނީ ބަނޑޭރި ހަސަންމަނިކުފާނާ ބެހޭ މަޢުލޫމާތެވެ. މީގެ ކުރިން ބައެއް އެހެން އަދީބުންނާބެހޭ މަޢުލޫމާތު ގެނސެ ދެވިފައިވާނެއެވެ

ބަނޑޭރި ހަސަންމަނިކުފާނު

Saturday, July 18, 2009

އަދީބުންގެ ތެރެއިން އެދުރު ޢުމަރު މާފަތްކަލޭގެފާނު

އަދީބުންނާބެހޭ މަޢުލޫމާތު ހޯދާ ދަސްކުރާ ކުދިންނަށް އެހީ އެއްގެ ގޮތުން ބައެއް އަދީބުންނާބެހޭ މަޢުލޫމާތު މި ބްލޮގް މެދުވެރިކޮށް ހުށަހަޅައިދެމުން އެބަގެންދަމެވެ. އެގޮތުން މިފަހަރު މިހުށަހަޅާ އަދީބަކީ އެދުރު ޢުމަރު މާފަތްކަލޭގެފާނެވެ

އެދުރު ޢުމަރު މާފަތްކަލޭގެފާނު

ކިޔުމުގެ ދޭހަ - ޚިޔާލުގެ ގަނޑުވަރެއް

މިއީ ކްލާހުގައި މުދައްރިސުންނަށް ބޭނުންހިފިދާނެ ވަރަށް ރަގަޅު ދޭހައިގެ މަސައްކަތެކެވެ. ދޭހައަށް ނަގާފައިވާ ލިޔުމަކީ މުޙައްމަދު ޖަމީލު ލިޔުއްވާފައިވާ ޚިޔާލުގެ ގަނޑުވަރެއް މި ލިޔުމެވެ

ކިޔުމުގެ ދޭހަ - ޚިޔާލުގެ ގަނޑުވަރެއް

Thursday, July 16, 2009

ރައިވަރުގެ މާނަ ލިޔުން

މިފަހަރު މި ހުށަހަޅާލަނީ ރައިވަރުގެ މާނަ ލިޔުމުގައި ވިސްނަންޖެހޭ ކަންތައްތަކާއި ބައެއް މިސާލުތައް ދައްކައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެކެވެ. މި ވީޑިއޯގެ، ޕަވަރޕޮއިންޓުން ތައްޔާރު ކޮށްފައިވާ އަޞްލު ކޮޕީ ބޭނުންވާ ފަރާތްތަކުން އަޅުގަނޑަށް އީމެއިލް ކުރެއްވުމުން ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަން ފޮނުވައި ދެވޭނެއެވެ

ރައިވަރުގެ މާނަލިޔުމާބެހޭ ވީޑިއޯ ޕްރެޒެންޓޭޝަން

Wednesday, July 15, 2009

ސިޓީލިޔުން

މިހުށަހަޅާލަނީ ދިވެހިގަޑިތަކުގައި ކިޔަވައިދެވޭ ސިޓީގެ ބާވަތްތަކުގެތެރެއިން އަމިއްލަ ސިޓީއެއްގެ ނަމޫނާއެކެވެ

އަމިއްލަސިޓީ 1

ޅެންވެރިންގެ ނަންތައް

މުޙައްމަދު އަމީނުގެ އަދަބީ ޚިދުމަތުގެ ދައުރަކީ ދިވެހި އަދަބީ ގުލްޝަނުގައި ގިނަގުނަ މާތަކެއް ފަރިވެ ފޮޅުނު ދުވަސްވަރެކެވެ. އެދުވަސްވަރު ޅެންވެރިކަމުގެ ގުލްޒާރުގައި މަޝްހޫރުވި އަދީބުންނަށް ޚާއްޞަ ވަނަމެއް ދެވުނެވެ. މީގެތެރެއިން ބައެއް ބޭފުޅުންގެ ވަނަންތަކަކީ އެބޭފުޅުން އަމިއްލަފުޅަށް ގެންގުޅުއްވި ނަންތަކެވެ. ނުވަތަ އެބޭފުޅުންގެ ޅެންތަކުގައި އެނަން މާގިނައިން ބޭނުންކުރެއްވުމުގެ ސަބަބުން ފަހުން އެބޭފުޅުންނަށް ނިސްބަތްކޮށް ދެވުނު ނަންތަކެވެ. މީގެތެރެއިން މިވަގުތު އަޅުގަނޑު އެންމެ ފާހަގަ ކޮށްލަން ބޭނުންވަނީ ބޮޑުފެންވަޅުގޭ ސީދީއަށް ނިސްބަތްކޮށް ބޭނުންކުރެވޭ "ޙިމާރުލްޤައުމު" މިނަމަށެވެ

ބޮޑުފެންވަޅުގޭ ސީދީ އަކީ އޭރުގެ ސަރުކާރުގެ ސިޔާސަތަށް ވަރަށް ބޮޑަށް ހަޖޫކިޔުއްވާ ޅެންހައްދަވަމުން ގެންދެވި ބޭފުޅެކެވެ. ބައެއްފަހަރު ބޮޑެތި އަދަބުތަކެއްވެސް ލިބިފައިވެއެވެ. މިގޮތަށް ޅެންހައްދަވާ އުޅުއްވާތީ އޭރުގެ ސަރުކާރުގެ އިސްބޭފުޅެއްގެ ފަރާތްޕުޅުން އެކަމާ ކޯފާއިސްކުރައްވާ އެއްދުވަހަކު ސީދީއާ މުޚާޠަބު ކުރައްވާ "އޭ މިހިރަ ޙިމާރާއޭ" ވިދާޅުވިކަމަށް ވެއެވެ. ހިމާރަކީ ޖަނަވާރުތަކުގެ ތެރެއިން އެންމެ އަޑު ހުތުރު ޖަނަވާރެވެ. އެހެންކަމުން ސީދީ ހައްދަވާ ޅެންތަކާހުރެ ދައުލަތުގެ އެފަދަ އިސްވެރިޔަކު އެފަދަ ލަގަބެއް ދެއްވުމުން ވަރަށް ފަޚުރުވެރިކަމާއެކު އެމަނިކުފާނު އަމިއްލަފުޅު ނަމަކަށް އެނަން ބޭނުންކުރެއްވީއެވެ. ޚާއްޞަކޮށް އޭގެފަހުން ސަރުކާރަށް ފާޑުވިދާޅުވެ ހެއްދެވި ކޮންމެ ޅެމެއްގައި "މިވާހަކަ މިދައްކަނީ ނުވަތަ މި ޚިޔާލު މިހުށެހެޅީ ޙިމާރުލްޤައުމު ކަން" ދޭހަވާގޮތަށް ޅެންބައިތެއްގައި "ޙިމާރުލްޤައުމު" މިނަން ބޭނުންކޮށްފައި އޮވެއެވެ

ދިވެހިއަދީބުންނަށް އެދުވަސްވަރު ދެވުނު ނަންތައް ބެއްލެވުމަށް ތިރީގައިވާ ލިންކަށް ފިއްތަވާލައްވާށެވެ

ޅެންވެރިކަމުގެ ބަގީޗާގައި ބައެއް ޅެންވެރިންނަށް ދެވިފައިވާ ނަންތައް

Tuesday, July 14, 2009

ދަހަރާގޭ ސީދީގެ މެންދުރުގެ ފަރީއްކޮޅު

މިއީ ދިވެހިބަހުގެ ދަރަޖަތައް ކިޔަވައިދިނުމުގައި ބޭނުންކުރެވިދާނެ ވަރަށް ރަގަޅު މަސައްކަތެކެވެ. މިޒަމާނުގެ ބަސްކިޔަވައި ދިނުމުގެ އުސޫލުތަކާ އެއްގޮތަށް ބަހުގެ ތަފާތު ހުނަރުތަކެއް ފަރިތަކުރެވޭގޮތަށް ތައްޔާރުކުރެވިފައިވާ އުނގެނުމުގެ ޙަރަކާތްތަކެކެވެ. އުއްމީދަކީ މިއީ ނަމޫނާ އެއްކަމަށް ބަލައިގެން ދިވެހިބަސް ކިޔަވައިދޭ ކޮންމެ ގަޑިއެއްގައިވެސް މިފަދަ ތަފާތު ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމެވެ. މިފަދަ އެހީތައް ތައްޔާރުކުރެއްވުމެވެ

ދަހަރާގޭ ސީދީގެ މެންދުރުގެ ފަރީއްކޮޅު

Saturday, July 11, 2009

އަދީބުންގެ ތެރެއިން ނައިބުތުއްތު

ދިވެހި އަދީބުންނާބެހޭ މަޢުލޫމާތަކީ ގިނަ ގްރޭޑް ތަކުގެ މުގައްރަރުގައި ހިމެނިފައިވާ ބައެކެވެ. އެހެންކަމުން މި ބްލޮގް ބޭނުންކުރައްވާ ދަރިވަރުންނާއި މުދައްރިސުންނަށް ހަދިޔާއެއްގެ ގޮތުން މި ގެނެސްދެނީ 2000 ވަނަ އަހަރު އަޅުގަނޑު އެއް މަޢުލޫމާތު ކަރުދާހެކެވެ. މިކަރުދާހުގައި ބަލާލާފައިވަނީ ދިވެހި އަދީބުންގެ ތެރެއިން މަޝްހޫރު އަދީބެއްކަމަށްވާ ނައިބު ތުއްތު އަށެވެ

ނައިބު ތުއްތު

Friday, July 10, 2009

ދެކެވޭވާހަކަ ނުވަތަ ޑައިލޮގް

ދެކެވޭވާހަކަ އަކީ ތަފާތު ގްރޭޑް ތަކުގައި ދިވެހިބަސް ކިޔަވައިދޭއިރު، ބޭނުންކުރެވޭ ލިޔުމުގެ ޚާއްޞަ ބާވަތެކެވެ. ދެކެވޭ ވާހަކައެއް ލިޔުމުގައި ދަރިވަރުން ސަމާލުކަންދޭންޖެހޭ އެންމެ މުހިއްމު ނުކުތާއަކީ ވާހަކަދައްކާ ގޮތަށް ޢިބާރާތް ކުރުމަށާއި، އެގޮތަށް ބަސްތައް އެތުރުމަށެވެ. ހަމައެހެންމެ ވާހަކަދައްކާ މީހާގެ ޝުޢޫރުތަކާއި ޙަރަކާތް އަދި މަންޒަރުވެސް ލިޔުމުން ހާމަވާން ޖެހެއެވެ. މިބައިތަކަކީ ބްރެކެޓްތެރޭގައި ލިޔަންޖެހޭ ބާވަތެކެވެ. މިފަހަރުގެ މަސައްކަތުގައި ދަރިވަރުން ކުރަންޖެހޭ ކަމަކީ ބްރެކެޓްތެރޭގައި ހުންނަންޖެހޭ ބައިތައް އަމިއްލަ ޚިޔާލަށް ގެނެސްގެން ފުރިހަމަ ކުރުމެވެ. މިމަސައްކަތަކީވެސް ތިޔަބޭފުޅުންނަށް އެހީއަކަށް ވާނެކަމަށް އުއްމީދު ކުރަމެވެ

ދަރިވަރުންގެ މަސައްކަތު ކަރުދާސް

ބައެއް ބޯދާ ބަސްބަހުގެ މާނަ

ބަހަކީ އަބަދުވެސް ދިރެމުންދާ އެއްޗެކެވެ. ބަހުގެ ތެރޭގައި ހުންނަ ބައެއް ލަފުތައް އުވި ނުވަތަ މަރުވެ އާ ލަފުޒުތައް އުފަންވަމުންދާ އެއްޗެކެވެ. އެގޮތުން ދިވެހިބަހުގައިވެސް އެވޭލާ ޒަމާނުގައި ބޭނުންކުރި ވަރަށް ގިނަ ބަސްތަކެއް މިހާރުވަނީ އުވިގޮސްފައެވެ. އެފަދަ ބަސްތައް އިހުގެ ބައެއް ލިޔުންތަކުން ފެނުނުނަމަވެސް ގިނަ މީހުންނަށް އޭގެ މާނަ ފަހުމްކުރަންވެސް އެހާ ދައްޗެވެ. މިފަހަރު މިހުށަހަޅާލަނީ އެފަދަ ބައެއް ބޯދާ ބަސްތަކާއި އޭގެ މާނައެވެ. ދަރިވަރުންނާއި މުދައްރިސުންނަށް ބޭނުން ހިފިދާނެ އެއްޗެއް ކަމަށް ދެކެވެ

އިހުގައި ބޭނުންކުރެވުނު ބައެއް ބަސްބަހާއި އޭގެ މާނަ

Wednesday, July 8, 2009

ބަހުގެ ދަރަޖަތައް

ދިވެހިބަހުގައި ބޭނުންކުރެވޭ ތިން ދަރަޖަ އަކީ މިޒަމާނުގެ ކުދިންނަށް ވަރަށް ބޮޑަށް އޮޅުން އަރާ އެއްޗެކެވެ. ތަފާތު ތިންދަރަޖައެއް އޮތުން އެއީ އެހާ މުހިއްމު ކަމެއްކަމަށް ނުދެކޭ މީހުންވެސް އެހާމެ ގިނައެވެ. ނަމަވެސް އަދިވެސް ސްކޫލްތަކުގައި ތިން ދަރަޖަވެސް ކިޔަވައިދޭތީ އެއާ ބެހޭ މަޢުލޫމާތު އެނގިފައި އޮތުމަކީ މުހިއްމު ކަމެއްކަމަށް ދެކެވެ. އެގޮތުން މިފަހަރު މިހުށަހަޅަނީ ޢާއްމު ގޮތެއްގައި ބޭނުންކުރެވޭ ބަސްތައް ތަފާތު ތިންދަރަޖައިގައި ބޭނުންކުރާނެ ގޮތުގެ ތާވަލެކެވެ

ބަހުގެ ދަރަޖަތަކުގެ ތާވަލެއް

Monday, July 6, 2009

ޤައުމީ އެއްބައިވަންތަކަން

މިއަދު މި ހުށަހަޅައިދެނީ ކުރު މަޒުމޫނެކެވެ. މިއީ ގްރޭޑް 6، 7 ހިސާބުގައި ބޭނުންކުރެވިދާނެ މަޒުމޫނެކެވެ. ކިޔުމުގެ ދޭހައެއް އުފެއްދުމަށް ނުވަތަ އެނޫންވެސް އެފަދަ މަސައްކަތަކަށް ބޭނުން ހިފިދާނެކަމަށް އުއްމީދު ކުރަމެވެ

މި މަޒުމޫނުގެ އެހީގައި އުނގެނުމުގެ ޙަރަކާތެއް ރާއްވަވައި، މި ބްލޮގަށް ފޮނުއްވައި ދެއްވައިފިނަމަ އެބޭފުޅެއްގެ ނަމުގައި ޝާއިޢު ކޮށްދެވޭނެއެވެ

ޤައުމީ އެއްބައިވަންތަކަން

Wednesday, July 1, 2009

ކޯޑިނޭޝަން މީޓިންގް

މިއީ ޝަމްސުއްދީން ސްކޫލްގެ މުދައްރިސުންގެ ކޯޑިނޭޝަން ހަރުދަނާ ކުރުމުގެ ބޭނުމުގައި އެ ސްކޫލުން އިންތިޒާމް ކޮށްގެން ބޭއްވި ޚާއްޞަ ބައްދަލުވުމުގައި އަޅުގަނޑު ހުށަހަޅައިދިން ޕްރެޒެންޓޭޝަނެކެވެ. މި ޕްރެޒެންޓޭޝަނުގައި މައިގަނޑު ގޮތެއްގައި ބަލާލާފައި ވަނީ ކޯޑިނޭޝަނަކީ ކޮބައިކަމާއި، ހަރުދަނާ ގޮތެއްގައި ކޯޑިނޭޝަން ކުރިޔަށް ގެންދާނެ ގޮތުގެ މައްޗަށެވެ. އަދި މިފަދަ ބައްދަލުވުންތައް އެންމެ އެދެވޭ ގޮތުގައި، ގެންދެވިދާނެ ގޮތުގެ ޚިޔާލުތަކެއް ދެވިފައިވާނެއެވެ

މީގެ އިތުރަށް، ފިލާވަޅުގެ މަގުޞަދު ތައްޔާރު ކުރުމުގައި މިހާރު ބޭނުންކޮށް އުޅޭ އެއް ގޮތް ކަމަށްވާ އޭ.ބީ.ސީ.ޑީ. މެތަޑާއި ބެހޭ މަޢުލޫމާތުކޮޅެއް ހުށަހަޅައި ދެވިފައިވާނެއެވެ. އަދި އެއާގުޅޭ އަތްމަތީ ކަރުދާހެއްވެސް ލިންކް ކުރެވިފައިވާނެއެވެ

ޕްރެޒެންޓޭޝަން
އަތްމަތީ ކަރުދާސް