Saturday, June 27, 2009

ސުވާލު ކަރުދާސް ތައްޔާރު ކުރުމުގައި ވިސްނަންވީ ކަންތައްތައް

މި ހުށަހަޅާ ޕްރެޒެންޓޭޝަނަކީ، ސުވާލުކަރުދާސް ތައްޔާރުކުރުމުގައި ވިސްނަންވީ ކަންތައްތަކާއި ބެހޭގޮތުން މުދައްރިސުންނާއެކު ހިއްސާ ކޮށްލެއްވިދާނެ މަޢުލޫމާތު ކޮޅެކެވެ. މިއީ ދިވެހި އިސްލާމް މުދައްރިސުންނަށް ބޭނުން ހިފިދާނެ ޕްރެޒެންޓޭޝަނެއްކަމަށް އުއްމީދު ކުރަމެވެ

ޕްރެޒެންޓޭޝަން

އަދަބީ ބަހަށް ހާދިސާއެއް ލިޔުން

މިއަދު މި ހުށަހަޅައިދެނީ އަދަބީ ބަހުގެ މަސައްކަތްތަކެކެވެ. މި މަސައްކަތު ކަރުދާހުގައި އަދަބީ ބަހެއް ބޭނުންކޮށްގެން ހާދިސާއެއް ލިޔެވިދާނެ ގޮތުގެ މިސާލަކާއި، އެއާގުޅޭ އިތުރު މަސައްކަތްތަކެއް ހިމެނިފައިވާނެއެވެ. މި މަސައްކަތު ކަރުދާސް ތަފާތު ފެންވަރުގެ ދަރިވަރުންނަށް ބޭނުންކުރެވޭ ގޮތަށް ބަދަލުކުރެވިދާނެ އެވެ

މަސައްކަތު ކަރުދާސް

Friday, June 26, 2009

ކުލަ ދަސްކޮށްދިނުން - ގްރޭޑް 1

މިފަހަރު މިގެނެސްދެނީ ގްރޭޑް 1 ގެ ދަރިވަރުންނަށް ދިވެހިބަހުން ކުލަ ދަސްކޮށްދިނުމަށް ބޭނުންކުރެވިދާނެ މަސައްކަތު ކަރުދާހެކެވެ. މިއީ ޕްރީސްކޫލް ނުވަތަ ގްރޭޑް 1 ގެ ދަރިވަރުންނަށް ބޭނުން ހިފިދާނެ ކަރުދާހެކެވެ

މަސައްކަތު ކަރުދާސް

ބަހުގެ ހަމަތަކުގެ ތެރެއިން "އާއި" "އާ" ބޭނުންކުރެވޭގޮތް

ބަހުގެ ހަމަތަކާ ޚިލާފަތް "އާއި" "އާ" މިދެއަކުރު ވަރަށް ގިނައިން ބޭނުންކުރެވޭކަން ފާހަގަ ކުރެވެއެވެ. މިފަހަރު މިހުށަހަޅާ އަތްމަތީ ކަރުދާހަކީ، މިހަމަތައް ދަރިވަރުންނަށް ދަސްކޮށްދިނުމަށް ބޭނުންހިފިދާނެ އެއްޗެއްކަމަށް ހީކުރަމެވެ

ބަހުގެ ހަމަތަކުގެ ތެރެއިން "އާއި" "އާ" ބޭނުންކުރެވޭ ގޮތް

ޅެން ޝަރަޙައާ ގުޅޭ މަސައްކަތުކަރުދާހެއް

މިއީ ޅެންޝަރަޙައާ ގުޅޭގޮތުން ތައްޔާރުކުރެވިފައިވާ މަސައްކަތު ކަރުދާހެކެވެ. ކިޔަވައިދެއްވުމުގައި ތިޔަބޭފުޅުންނަށް ބޭނުންތެރި އެއްޗަކަށް ވެއްޖެނަމަ އަޅުގަނޑުގެ މަޤުޞަދު ޙާޞިލުވީ އެވެ

މަސައްކަތު ކަރުދާސް 1