Monday, August 17, 2009

ތުނޑުހަސަނާ ޖެހުނު މީދާ

މިއީ "ތުނޑުހަސަނާ ޖެހުނު މީދާ" މި މައިގަނޑުނަމަށް ހަދާފައިވާ ޅެމެއް ބޭނުންކޮށްގެން އުފައްދާފައިވާ އުނގެނުމުގެ ޙަރަކާތްތަކެކެވެ. މިލިޔުން ބެއްލެވުމަށްފަހު އެފަދަ އިތުރު ޚިޔާލުތަކާއެކު އުނގެނުމުގެ އާ ޙަރަކާތްތަކެއް އުފެއްދުމުގެ ބޭނުމުގައި ހުށަހަޅާ ލިޔުމެކެވެ

މަސައްކަތު ކަރުދާސް

Tuesday, August 11, 2009

ކިޔުމުގެ ދޭހަ

މިއީ ކިޔުމުގެ ދޭހައިގެ މަސައްކަތެކެވެ. މި މަސައްކަތް ތައްޔާރުކޮށްފައިވަނީ "ސިޓީގެ ނަކަލު" މިވާހަކައިގެ މައްޗަށެވެ. މިއީ އަމިއްލަ ސިޓީތައް ކިޔަވައިދިނުމުގައިވެސް ބޭނުންކުރެވިދާނެ ލިޔުމެކެވެ. މި ދޭހައިގެ މަސައްކަތާ ގުޅިގެން އަމިއްލަ ސިޓީތައް ލިޔުމުގެ މަސައްކަތްތަކެއް ކުރުވިދާނެއެވެ

ކިޔުމުގެ ދޭހައިގެ މަސައްކަތު ކަރުދާސް

ބުރަފަތިލަފުޒުން ބަސްހޯދުން

މިއީ ދަށް ގްރޭޑްތަކުގެ ދަރިވަރުންނަށް ގެންދެވިދާނެ މަސައްކަތެކެވެ. މި މަސައްކަތުގައި ދަރިވަރުން ކުރަންޖެހޭ ކަމަކީ، ދީފައިވާ ބަސްތަކެއް ބުރަފަތިލަފުޒު ނުވަތަ އޮޅުވާލެވިފައިވާ އަކުރުތަކެއްގެ ތެރެއިން ހޯދުމެވެ. މީގެ އިތުރަށް މި މަސައްކަތު ކަރުދާސް ބޭނުންކޮށްގެން ވަރަށް ގިނަ އިތުރު މަސައްކަތްތައް ރޭވިދނެއެވެ. މިސާލަކަށް ދަރިވަރުން ހޯދި ބަސްތަކުގެ މާނަ ރަދީފުން ހޯދުމާއި، އެއިން ކޮންމެ ބަހަކަށް ޖުމުލަ ހެދުމާއި، އެބަސްތަކާ ގުޅުންހުރި ނުވަތަ އެ އާއިލާގެ އިތުރު ބަސްތައް ހޯދުންފަދަ މަސައްކަތްތަކެއް ކުރުވިދާނެއެވެ

މަސައްކަތު ކަރުދާސް

Sunday, August 9, 2009

އަދަބީ ފާޑުކިޔުން

އަދަބީގޮތުން ލިޔުންތަކަށް ފާޑުކިޔުމަކީ ސާނަވީ މަރުޙަލާގައި ވަރަށް ގިނައިން ކުރަންޖެހޭ މަސައްކަތެކެވެ. މިފަހަރު މި ހުށަހަޅަނީ އެފަދަ މަސައްކަތެކެވެ. މި މަސައްކަތާގުޅޭ ގޮތުން މުދައްރިސުންނަށް ކޮންމެހެން ބޭނުންވާނެ އިރުޝާދުކޮޅެއްވެސް ހިމަނާފައި ވާނެއެވެ

އަދަބީ ފާޑުކިޔުމުގެ މަސައްކަތު ކަރުދާސް

ބަނދި

މި ހުށަހަޅައިދެނީ އައްޑޫގެ ބައެއް މުސްކުޅުން ކިޔާތީ އިވިފައިވާ ބަނދިތަކެކެކެވެ. ބޭނުމެއް ހިފިދާނެކަމުގެ އުއްމީދުގައެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކިޔާ މިފަދަ ތަކެތި މި ސައިޓަށް ލިބުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއްކަމުގައިވެސް ދަންނަވަމެވެ

ބަނދި