Thursday, April 1, 2010

ތަސްވީރުގެ ދޭހަ

މިއީވެސް ކިޔުމުގެ ދޭހައިގެ މަސައްކަތެކެވެ. ގްރޭޑް 4، 5 ގެ ދަރިވަރުންނަށް ކުރެވިދާނެ ރަގަޅު މަސައްކަތެއްކަމުގައި ދެކެމެވެ. މި މަސައްކަތުގައި ދފައިވާ ތަސްވީރުތަކަކީ ވަރަށް ދަށް ގްރޭޑްތަކުގެ ކުދިން ބޭނުންކުރާ ތަސްވީރުތަކެކެވެ. އެހެންކަމުން މިއީ ވަރަށް ފަސޭހަ މަސައްކަތެއްކަމަށް ހީކޮށް މާބޮޑު ވިސްނުމެއްނެތި ކުދިން ޖަވާބު ދިނުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މި މަސައްކަތް ކުރާއިރު ޖުމުލައިގައި ބުނާއެއްޗެއް ވަރަށް ރަގަޅަށް ދޭހަކޮށްގެން މަސައްކަތް ކުރުމަށް ދަރިވަރުންނަށް އިރުޝާދު ދޭންވާނެއެވެ. ފަހަރެއްގައި ދަރިވަރުން ހީކުރާކަހަލަ ފަސޭހަ މަސައްކަތަކަށް ނުވެދާނެއެވެ. ޚާއްޞަކޮށް ކިޔުމުގެ ދޭހައިގެ ހުނަރަށް ދަށް ނަމަ މަސައްކަތް އުނދަގޫ ވާނެއެވެ

ތަސްވީރުގެ ދޭހައިގެ މަސައްކަތު ކަރުދާސް

ކިޔުމުގެ ދޭހައިގެ - އަރަތެއް

މިއީ ގްރޭޑް 4، 5 ގެ ދަރިވަރުންނަށް ކިޔުމަށް ޝައުޤުވެރިކަން އުފެއްދުމަށް ދެވިދާނެ ދޭހައިގެ މަސައްކަތެކެވެ. މި މަސައްކަތް ދަރިވަރުން ކޮށް ނިމެންދެން މުދައްރިސް އެއްވެސްވަރަކަށް ކިޔައިދީގެން ނުވާނެއެވެ. ލިޔުމުގައި ދީފައިވާ އިރުޝާދާ އެއްގޮތަށް މަސައްކަތް ކުރާނީ ދަރިވަރުން އަމިއްލައަށް ކިޔައިގެންނެވެ

މަސައްކަތު ކަރުދާސް - ދޭހައިގެ އަރަތް

ކިޔުމުގެ ދޭހަ - ކާރާއި ތިރީސް

މިއީ ކިޔުމުގެ ދޭހައިގެ މަސައްކަތެކެވެ. މި ދޭހައިގައި ދެވިފައިވާ ސުވާލުތަކަކީ، އުނގެނުމުގެ ފެންވަރުން ބަލާއިރު ތަންކޮޅެއް ދަށް ސުވާލުތަކެކެވެ. ސުވާލުގެ ފެންވަރު ދަށްކުރެވިފައިވަނީ ކިޔުމުގެ ދޭހައަށް އެހާ ބޮޑަށް ހޭނިފައިނެތް ކުދިބަޔަކަށް ގެންދިޔުމުގެ މަޤުޞަދުގައެވެ. ނަމަވެސް ދޭހައަށް ދީފައިވާ ލިޔުން ބޭނުންކޮށްގެން އިތުރު ސުވާލުތަކެއް އުފެއްދިދާނެ އެވެ. މި މަސައްކަތަކީވެސް ބޭނުން ހިފިދާނެ އެހީއެއްކަމުގައި ދެކޭތީ ޝާއިޢު ކުރީއެވެ

ކިޔުމުގެ ދޭހަ - ކާރާއި ތިރީސް